ކައުންސިލް

ކައުންސިލްގެ ތަޢާރަފް

އަރިއަތޮޅު އުތުރުބުރީ ތޮއްޑު ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ( ޤާނޫނު ނަމްބަރ 2010/7 ) ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ގޮތުގައި 17 މުވައްޒަފުންނާއި އެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ކައުންސިލެކެވެ.